ހުޅުމާލެ ދެ ފިޔަވަހީގެ މަގުތަކާއި އާއްމު ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތާ ހަވާލުވާން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައިފިއެވެ.
އެ ކުންފުނިން މިހާރު އެ ހިދުމަތް ދެމުން އަންނަނީ މާލެ އާއި ވިލިމާލޭގައެވެ. ހުޅުމާލޭގައި ދެމުން އަންނަނީ ކުނި ނެގުމުގެ ހިދުމަތެވެ.
ހުޅުމާލޭގެ މަުތަކާއި އާއްމު ސަރަހައްދުތައް ސާފު ކުރުމާ ހަވާލުވާން ވެމްކޯއިން ނިންމާފައިވަނީ އަންނަ މަހުއެވެ.
އެ މަސައްކަތާ ހަވާލުވުމުން ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުން ސަމާލުވާން ޖެހޭ ކަންކަން ވެސް ވެމްކޯއިން ވަނީ އާއްމުކޮށްފައެވެ. އޭގެ ތެރޭގައި:
- ކުނި އުކާލަން ރަޖިސްޓްރީ ނުކޮށްތިބި ފަރާތްތަކުން ވީ އެންމެ އަވަހަށް ރަޖިސްޓްރީ ކުރުން
- ކެފޭ، ހޮޓާ އަދި އެހެން ވިޔަފާރިތަކުން ރަޖިސްޓްރީ ކުރުން
- ބޮޑެތި އަދި ބަރު ކުނި އުކާލަން ކޯލް އެންޑް ޕިކަޕް ސާވިސް ހޯދުން
- ރަޖިސްޓްރީ ނުކޮށް މަގުތަކަށް ކުނި ނެރުން ހުއްޓާލުން
މީގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓައިފައި ހުރި ޑަސްބިންތަކަށް ބޮޑެތި ކުނި އަޅާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަން ހުއްޓާލުމަށް ވެސް ވެމްކޯއިން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!