ށ. ކަނޑިތީމުގައި އުމުރުން އެއް އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެރަށުގައި ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވަނީ އާންމު ފަރާތަކުން ކަމަށެވެ. އެ ފަރާތުން އެކަން ފުލުހުންނާއި ހިއްސާކޮށްފައި ވަނީ މިރޭ 18:30 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
ގެއްލިގެން ހޯދަމުން ދިޔަ މި ތުއްތު ކުއްޖާ ފެނިފައި ވަނީ މޫދުގައި އޮއްވައެވެ. އެ ކުއްޖާ މޫދުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދެއްވި ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!