މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަަކަޑް 3.50 ރުފިޔާ ބަހަން އަހަރީ އާައްމު ޖަލްސާއަށް ހުށަހަޅަން ފާސްކޮށްފިއެވެ.
އެ ކުންފުނިން އެއަދަދު ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ. އެގޮތުން ޖުމްލަ 28 މިލިއަން ރުފިޔާ ބަހަން ވަނީ ފާސްކޮށްފައެވެ.
އެމްޓީސީސީ އިން ބުނީ ހިއްސާގެ ފައިސާ ލިބޭނީ މި މަހުގެ 18ގެ ނިޔަލަށް ކުންފުނީގެ ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ.
ހިއްސާގެ ފައިދާއަށް ބަހާ އަދަދު ފާސްކުރާނީ މިއަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ. އެ ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާން ކޮށްފައި ނުވެއެވެ.
މިދިޔަ އަހަރު އެމްޓީސީސީއަށް 224 މިލިއަން ރުފިޔާގެ ފައިދާ ލިބުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!