އިނގިރޭސި ލީގުގައި އަންގާރަދުވަހުގެ ރޭ ކުޅުނުމެޗުން 4-0 ގެ ނަތީޖާއިން ފަސޭހަކަމާއެކީ ޔުނައިޓެޑް ގެ މައްޗަށް ކުރި ހޯދާ ލިވަޕޫލް ތާވަލްގެ 1 ވަނަ އަށް ޖެހިލައިފިއެވެ.

މެޗްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ލިވަޕޫލް އިންނެވެ. ލިވަޕޫލްގެ މެދުތެރެ ފެނުނީ ވަރުގަދަކޮށެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ލިވަޕޫލް ގެ މެދެތެރެއިން ތިއާގޯ ކުޅެމުން ދިޔަ މޮޅުކުޅުމެވެ.

Ad
rt

މެޗްގެ 80 ވަނަ މިނެޓް ކުޅުނު ތިއާގޯވަނީ 129 ފަހަރު ބޯޅައިގަ ޖައްސާ 105 ޕާސް ދީފައެވެ. މީގެން 95.5 އިންސައްތަ ޕާސް ކާމިޔާބުކުރިއެވެ. މެޗްގައި ލިވަޕޫލްއަށް ލަޑުތައް ޖަހައި ދިނީ ޑިއާޒް، ސަލާހް ގެ އިތުރުން މާނޭ އެވެ.

މީގެ ތެރެއިން ސަލާހް ވަނީ 2 ގޯލް ޖަހާފައެވެ. މެޗް ފަށައިގެން ފަސްވަނަ މިނެޓްގައި ސަލާހް ގެ އެހީތެރިކަމާއެކު ޑިއާޒް ވަނީ ލިވަޕޫލްއަށް ލީޑް ނަގައިދީފައެވެ.

މާނޭގެ އެހީތެރިކަމާއެކު މެޗްގެ ދެވަނަ ގޯލް ސަލާހްގެ ފުރަތަމަ ގޯލް ޖަހާފައިވަނީ މެޗްގެ 22 ވަނަ މިނެޓްގައެވެ. 68 ވަނަ މިނެޓްގައި ޑިއާޒް ގެއެހީތެރިކަމާއެކުލިވަޕޫލް އަށް ތިންވަނަ ގޯލް ޖަހައިދިނީމާނޭ އެވެ. މެޗްގެފަހު ގޯލް ސަލާހް ޖަހާއިދިނީ ޖޮޓާގެ އެހީތެެރިކަމާއެކު 85 ވަނަ މިނެޓްގައެވެ.

މެޗުން މޮޅުވި ލިވަޕޫލް ވަނީ އެއްމެޗް އިތުރަށް ކުޅެ ދެވަނައިގައިވާ ސިޓީއަށް ވުރެ ދެޕޮއިންޓް އިތުރަށް ހޯދާފައެވެ. ތާވަލްގެ ހަތަރު ވަނައަށް އެރުމަށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް އޮތީ ހަތަރުވަނައިގައި އޮތް ޓްޓެންހަމް އަށްވުރެ 3 ޕޮއިންޓް ފަހަތުގައި ތާވަލްގެ 6 ވަނައިގައެވެ. އިނގިރޭސި ލީގުގައި ބުދަ ދުވަހުގެ ރޭވެސް ފޯރިގަދަ މެޗެއް ކުޅޭނެއެވެ.، ރާއްޖެގަޑިން 23:45ގައި ކުޅޭ މި މެޗްގައި ބައްދަލު ކުރާނީ އާސެނަލް އަދިޗެލްސީއެވެ.