މަކުނުދޫ މިސްކިތްތަކަށް އޭސީ ހަދިޔާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ފޮޓޯ: ވާސިފް
ފޮޓޯ: ވާސިފް

ހދ. މަކުނުދޫ މިސްކިތްތަކަށް އޭސީ ހަދިޔާ ކުރުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ.

މަކުނުދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެރަށު މަސްޖިދުއް ތަޤްވާ އަދި މަސްޖިދުއް ޞިއްދީޤުގައި އޭސީ ހަރުކުރުމުން ކަރަންޓު ބިލް އެކައުންސިލުން ދެއްކުމަށް ނިންމާފައިވާކަމަށެވެ.

މަސްޖިދުއް ޞިއްދީޤަށް 7 އޭސީ އަދި މަސްޖިދުއް ތަޤްވާއަށް 14 އޭސީ ބޭނުންވާކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

މި ދެ މިސްކިތަށް އޭސީ ހަދިޔާ ކުރަންބޭނުންފުޅުވާ ފަރާތްތަކަށް 24 އޭޕްރިލް 2022 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފަ އެވެ.

މިކަމާއު ގުޅޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް 7789355 / 9695777 އަށް ގުޅުއްވުމަށް އެކައުންސިލުން އެދެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި