ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރް.އެޗް) ގެ ފަރާތުން ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ހަވީރެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި މިހަވީރުގައި ލޭގެ ޕްރެޝަރު ބެލުމާއި ލޮލުގެ ޗެކްއަޕް ހެދުން ކުރިއަށް ދާނެއެވެ. އަދި ގާތުން ދިނުމާއި، ކަށީގެ ބަލިތަކުގެ މައުލޫމާތުގެ އިތުރުން ދަތްފަނި ކެއުމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ގުޅިގެން މި ހަވީރުގައި މައުލޫމާތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މިހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 17:30 އާ ހަމައަށެވެ. ހަވީރު އޮންނާނީ ކުޅުދުއްފުށި ސިޓީގެ ތަރި ޕާކް ސަރަހައްދުގައެވެ.

ކޭއާރްއެޗް އިން ވަނީ މިފުރުސަތުގެ ބޭނުން ކުރައްވާ ވީހާވެސް ގިނަ ފަރާތްތަކުން މިހަވީރުގައި ބައިވެރިވެ މައުލޫމާތާއި ޚިދުމަތް ހޯއްދެއްވުމަށް އެދިލައްވާފައެވެ.

މީގެއިތުރުންވެސް އެކި ދުވަސްތަކުގެ މުނާސަބަތާއި ގުޅިގެން އެހޮސްޕިޓަލުން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދަމުން ދާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިދިޔަ މާރޗް މަހުގެ ތެރޭގައި އެހޮސްޕިޓަލާއި މޯލްޑިވްސް ކެންސަރ ސޮސައިޓީ އާއި ގުޅިގެން ވަނީ ކެންސަރަށް ސްކްރީން ކުރުމުގެ ކޭމްޕެއްވެސް ކުރިއަށް ގެންގޮއްސައެވެ.

ރާއްޖޭގައި ޑޮކްޓަރުން ދުވަސްގެ ފާހަގަ ކުރަމުން އަންނަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ.