ރާއްޖޭގައި ފުޅާދާއިރާއެއްގައި ސެކިއުރިޓީގެ ޚިދުމަތް ދެމުންއަންނަ ގޭޖް ޕްރައިވެޓް ލިމިޓް އިން އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސަރޓިފިކޭޝަން އިންހާސިލްކޮށްފި އެވެ.

އައިއެސްއޯގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ.

Ad
rt

މިކަމާއި ގުޅިގެން ގޭޖްއިން ބުނީ މިއީ އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަތް ކުރިއަށް ގެންދިޔުމުގައި ޚިދުމަތް ހޯދާފަރާތްތަކަށް ކޮލިޓީ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ.

''ގޭޖް'' ކުންފުންޏަކީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ޕްރައިވެޓް ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ގިނަ ކުލަޔަންޓުންނަކީ ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓުތަކެވެ.

މި ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ މުވައްޒިފުންނަކީ ކަމަށް ޤާބިލް، ސެކިއުރިޓީއާ ގުޅޭ ހުނަރާއި އަދި، މަޢުލޫމާތު ލިބިފައިވާ ބަޔަކަށް ހެދުމަށް "ގޭޖް ޓްރެއިނިންގ އިންސްޓިޓިއުޓް" ގެ ނަމުގައި ތަމްރީނުދޭ މަރުކަޒެއް 19 އޮކްޓޫބަރު 2011 ވަނަ ދުވަހު ރަޖިސްޓްރީކޮށްގެން އެ ކުންފުނިން އަންނަނީ ހިންގަމުންނެވެ. އަދި މި އިންސްޓިޓިއުޓުން ހިންގާ ސެކިއުރިޓީ އޮފިސަރ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް 3 އަށް އެކްރެޑިޓް ކޮށްފައިވާ ކޯހެކެވެ.

މީގެ އިތުރުން އެ ކުންފުނިން ފުޅާ ދާއިރާއެއްގައި އަންނަނީ ރިސޯޓުތަކާއި، މާލެ ސަރަހައްދާއި މިނޫންވެސް ބައެއް ސަރަހައްދުގެ ގެސްޓް ހައުސް، ހޮޓާ އަދި ގޭބިސީތަކަށް އަލިފާނުން ރައްކާތެރިވުމަށް ފަޔާ ސޭފްޓީގެ ސިސްޓަމް އިންސްޓޯލްކޮށް ބަލަހައްޓައި ދެމުންނެވެ. އަދި މި ރޮނގުން މީހުން ތަމްރީން ކުރުމުގެ ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ވެސް އަންނަނީ ހިންގަމުންނެވެ.

ގޭޖްގެ ޗެއާމަނަކީ ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނާ ޢަބުދުﷲ ރިޔާޟް އެވެ.