ހުޅުމާލޭގައި ކުޑަކުއްޖަކު މަރާލުމުގެ ދައުވާލިބޭ ކުއްޖާ ގޭ ބަންދުގައި ބެހެއްޓި ނިންމުމަށް ހައި ކޯޓުން ތާއީދުކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ދައުލަތުން ނިންމައިފި އެވެ.
ހުޅުމާލޭގައި 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށް ލާފައި އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުޑަކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން އިއްޔެ އަނެއްކާވެސް ވަނީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން މާދަމާ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް ކަށަވަރުކޮށްދިނެވެ.
ކުޑަކުއްޖާ ގޭ ބަންދުގައި ހުންނަ މައްސަލަ މިދިޔަ މަހު ވެސް ހައި ކޯޓުން ނިންމީ ޖުވެނައިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. އެކަމަކު އޭރު ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އެ ނިންމުން ގޯސް ކަމަށެވެ. ސުޕްރީމް ކޯޓުން އެ ކުއްޖާ ޖަލު ބަންދަށް ގެންދަން އަމުރު ނުކުރާތީ ޖުވެނައިލް ކޯޓުން މިފަހަރު ވެސް އެންގީ ގޭ ބަންދުގައި ބެހެއްޓުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!