ވާހަކަ: އަހަރެން މިދަނީ ހޫނަށް ފިލަންވެގެންނެވެ.

padang-gurun_20180526_150131

ރަމަޟާން މަހަކީ ބަރަކާތްތެރިވެގެންވާ މަހެކެވެ. އެމީހަކާ ރަމަޟާން މަސް ބައްދަލު ވެއްޖެ މީހާ އަކީ ކޮންފަދަ ބޮޑު ބާއްޖަވެރިއެއް ހެއްޔެވެ. އަދި އޭނާގެ ބާއްޖަވެރިކަން އިތުރުވެގެން ދާނީ މިބަރަކާތްތެރި މަސް، ބަރަކާތްތެރިވެގެންވާ މައްކާގެ ބިމުގައި ހޭދަކުރެވިއްޖެ ނަމައެވެ.

އެހެންކަމުން މިމަހުގެ ދުވަސްތައް މައްކާއަދި މަދީނާގެ މިމާތް ދެ ބިމުގައި ހޭދަކުރުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިންވެސް އެތައްބަޔަކު ރަމަޟާން މަހުގައި ޢުމްރާގެ އަޅުކަމަށް ގޮސްއުޅެއެވެ. ކޮންމެއަކަށް ރަމަޟާން މަހާއި މާތްވެގެންވާ ޙަރަމުގެ ބިން އެއްވުމަކީ ބޮޑު މާތްކަމެކެވެ. މިއަދު މިކިޔާލަދޭ ވާހަކަ ގުޅެނީ މިބަރަކާތްތެރިވެގެންވާ ރަށާއި އަދި މަހާއެވެ.

އަލްއަޢުޞަމިޔު އޭ ކިޔުނު ބޭކަލެއްގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އޭނާ ބުންޏެވެ. އަހަރެން މައްކާގައި ހުއްޓާ ރަމަޟާން މަސް އައިސް އަހަންނާ ބައްދަލު ކޮށްފިއެވެ.

އެހެންކަމުން މައްކާގެ ހޫނުން ސަލާމަތްވެ ހުރެ ރޯދަ ހިފުމަށް އެދޭތީވެ އަހަރެން ޠާއިފަށް ދިއުމަށް ދަތުރު ފަށައިފީމެވެ. (ނޯޓް: ޠާއިފަކީ މައްކާއަށްވުރެ ފުދޭވަރަކަށް އުހުގައި އޮންނަ ރަށެއް ކަމުން، އެންމެ ހޫނު ދުވަސްވަރުގައިވެސް ޠާއިފުގެ ޖައްވު މައްކާއަށްވުރެ ވަރަށް ބޮޑަށް ފިނިވާނެއެވެ.)

މައްކާއިން ޠާއިފަށް ދަނިކޮށް މަގުމަތިން އަހަންނާ، އަޢުރާބީއަކާ ބައްދަލުވެއެޖެއެވެ. އަހުރެން އޭނާ ގާތު އަހާލީމެވެ. "ތިބާ ތިޔަދަނީ ކޮންތާކަށްތަ؟" ޖަވާބުގައި މި އަޢުރާބީ ބުންޏެވެ.

"އަހަރެން މިދަނީ މި ބަރަކާތްތެރި މަހުގެ ރޯދަ ހިފުމަށްޓަކައި އެބަރަކާތްތެރި ރަށަށެވެ. އެބަހީ މައްކާއަށެވެ." އެހިނދު އަހަރެން އޭނާގާތު އަހާލީމެވެ. "ތިބާ (މައްކާގެ) ހޫނު ކަން ދެކެ ބިރު ނުގަންނަން ހެއްޔެވެ؟"

އެހިނދު އަޢުރާބީ ޖަވާބުގައި ބުންޏެވެ.

"އަހަރެން މިދަނީ ހޫނަށް ފިލަންވެގެންނެވެ."

(މާނައަކީ އަހަރެން މައްކާގެ ބިމަށް މިދާ ދިއުމުން އެދެނީ ނަރަކައިގެ ހޫނުން މިންޖުވުމެވެ.)

ނޯޓް: މިވާހަކަ ނެގިފައިވަނީ "قصص ومواقف رمضانية" މިފޮތުންނެވެ. އިންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *