ގައުމީ އެއަރލައިން މޯލްޑިވިއަން އިން ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފިއެވެ.
އެގޮތުން ހަނިމާދޫއިން ކޮޗިންއަށް އަދި ކޮޗިން އިން ހަނިމާދޫއަށް ދެކޮޅު ޓިކެޓްގެ އަގަކީ 10556 އިންޑިއާ ރުޕީސްއެވެ. މިއީ ގާތްގަނޑަކަށް 2290 ރުޕީޔާއެވެ. މާލެއިން ކޮޗިންއަށް އަދި ކޮޗިންއިން މާލެއަށް ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 9397 އިންޑިއާ ރުޕީސްއަށް އުޅޭއިރު އެއީ ގާތްގަނޑަކަށް 2038 ދިވެހި ރުފިޔާއެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބައިލްއަޤްވާމީ 9 މަންޒިލަކަށް ދަތުރުތައް ކުރަމުންދާއިރު، އިންޑިއާގެ ޗެންނާއީ އާއި ޓްރިވެންޑުރަމަށް މިހާރުވެސް މޯލްޑިވިއަނުން ޝެޑިއުލްދަތުރުތައް ކުރެއެވެ. ކައިރި މުސްތަޤްބަލެއްގައި ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށްވެސް މޯލްޑިވިއަންއިން ތައްޔާރުވަމުން ދާއިރު އިންޑިއާގެ އިތުރު ސިޓީތަކަށާއި ސްރީލަންކާގެ ކޮލަމްބޯއަށްވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ދަނީ ތައްޔާރުވަމުންނެވެ.
Direct Flights to Male & Hanimaadhoo from Kochi!
For more information contact +91 471 4853040 our Trivandrum office or any Maldivian Office for bookings/enquiries | Flights effective from 28th October 2019 | Conditions Apply pic.twitter.com/wjWeRPVn0M— Maldivian (@MaldivianAero) October 13, 2019
މޯލްޑިވިއަން އިން ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ބޭސްފަރުވާއަށް ދާ މީހުންނަށާއި އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއައުމަށް ފަސޭހަ ފުރުޞަތުތަކެއް ހޯދައިދިނުމަށްށެވެ.އެގޮތުން މިމަހުގެ 28 ވަނަ ދުވަހު ހަނިމާދޫއިން ކޮޗިންއަށް ސީދާ ދަތުރުތައް ފަށާއިރު ކޮންމެ ހަފްތާއަކު 3 ދުވަހު ކޮޗިންއަށް ދަތުރުކުރާނެކަމަށް މޯލްޑިވިއަންއިންދަނީ ބުނަމުންނެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!