ހއ. ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ދިއްދޫ "ތިލަދުން" އަށް ވާހަކަދެއްކި މީހަކު ބުނީ އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އެ އަތޮޅު އުތީމު ފިރިހެނަކަށް ކަމަށެވެ.
އެކްސިޑެންޓް ހިނގަންމެދުވެރިވީ އޭނާ ދުއްވި ސައިކަލް "ރޭސް ތާށިވެ" ކޮންޓްރޯލްނުވެގެންނެވެ. ސައިކަލް ކޮންޓްރޯލްނުވެ ވަނީ ދިއްދޫގެ ޓޫޖޭ ފިހާރަ ބިއްލޫރި ގަނޑުގައި ޖެހި، ބިއްލޫރިގަނޑު ވަަރަށް ބޮޑަށް ތަޅައިގެން ގޮސްފައެވެ.
"އެވަގުތަކީ އަސުރުނަމާދަށް ފިހާރަ ބަންދު ވަގުތެއް، އެ މަންޒަރު ފެނުނު ބަޔަކު ވަނީ އެމީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައި" އޭނާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އިތުރު ފަރުވާއަށް އޭނާ މާލެ ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!