ހދ. ކުމުންދޫގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް "ކުރެވި" ޖަމްޢިއްޔާގެ ކުޅިވަރު ވިންގު ކަމުގައިވާ ޒީރު ސްޕޯރޓްސް ކްލަބްގެ ފަރާތުން ޒީރު ސްޕޯރޓްސް އެކަޑެމީ ނަމުގައި އެކަޑަމީ އެއް އުފައްދައި، އެ އެކަޑަމީއަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް އެ ޖަމިއްޔާއިން އާންމުކުރި ޢިއުލާނެއްގައި ބުނީ މިއެކެޑެމީއަށް ކުދިން ވެއްދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު 20 އޭޕްރިލް 2022 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ދުވަސްތަކުގެ ތެރެއިން ބަންދުނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 ން ފެށިގެން 16:00 އާ ހަމައަށް އެކަޑަމީގައި ބައިވެރިވާން އެދޭ ފޯމް ބަލައި ގަންނާނެއެވެ. އެކެޑެމީއަށް ވަނުމަށް ފުރަންޖެހޭ ފޯމް އެޖަމްޢިއްޔާގެ އޮފީހުން ލިބެން ހުންނާނެއެވެ.
އެޖަމްއިއްޔާއިން ބުނެފައިވާ ގޮތުގައި މިފުރުސަތު ހުޅުވާލާފައިވަނީ 3 އުމުރުފުރައަކަށް ބަހާލައިގެން ކަމަށެވެ. އެއީ 7 އަހަރާއި 9 އަހަރާއި ދެމެދުގެ ފުރާއާއި، 10 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރު ފުރާއާއި، އަދި 13 އަހަރުން ފެށިގެން މަތީގެ އުމުރު ފުރާއެވެ.
މީގެއިތުރުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 7782560 ނުވަތަ 7906803 ނަމްބަރު ފޯނަށް ގުޅުއްވާ މައުލޫމާތު ސާފު ކުރެއްވުމަށް އެޖަމްޢިއްޔާއިން ވަނީ އެދިލައްވާފައެވެ.
އެޖަމްއިއްޔާއިން ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ އެކެޑެމީއެއް އުފެއްދުމުގެ މަޤްސަދަކީ ކުޅިވަރުގެ ރޮގުން ޤަޢުމީ ލެވެލްގައި ފާހަގަ ކޮށްލެވޭ ފަރާތްތަކެއް އުފެއްދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!