ހދ. ނާވައިދޫ ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިއުލާން ކޮށްފިއެވެ.

އެމިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާކަމަށެވެ.

Ad
rt

އެގޮތުން މިމަސައްކަތާއި ގުޅިގެން މައުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 27 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ޔޫތު މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ.

އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުގެ 11:00 އަށް ޔޫތު މިނިސްޓްރީއަށެވެ.

ނާވައިދޫ ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޔޫތު މިނިސްޓްރީން އިއުލާންކުރިއިރު، މީގެ އިތުރުންވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެ މިނިސްޓްރީއިން ދަނީ ކުޅިވަރުކުޅޭނެ ވަސީލަތްތައް ގާއިމުކުރުމުގެ އެކި މަޝްރޫޢުތައް ހިންގަމުންނެވެ.

ނައިވާދޫއަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށަށް ނިސްބަތްވާ ކުޅުންތެރިން ދަނީ ބައެއް ކުޅިވަރުތަކުގެ ޤައުމީ ޓީމުތަކަށް ވެސް ކުޅެމުންނެވެ.