ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ވަނަތަކެއް ހއ. އަތޮޅަށް ނިސްބަތްވާ ބައެއް ދަރިވަރުން ހޯދައިފިއެވެ.

ހއ. އަތޮޅު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އެކައުންސިލްގެ ފަރާތުން އެ މުބަރާތުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 4 ދަރިވަރަކު ވަނީ އެދަރިވަރުން ބައިވެރިވި އުމުރުފުރާ ތަކުން ވަނަތައް ހޯދާފައެވެ. އަދި މިމުބާރާތުގެ އަތޮޅު ކައުންސިލްތަކުގެ ބައިން 3 ވަނައަށް ހއ. އަތޮޅު ކައުންސިލް ވަނީ ހޮވިފައެވެ.

Ad
rt

އެގޮތުން ވަނަތަކަށް ހޮވުނު 4 ދަރިވަރުންގެ ތެރެއިން 2 ދަރިވަރުންނަކީ ދިއްދޫގައި ހުންނަ ހއ . އަތޮޅު ތައުލީމު މަރުކަޒުގައި ތަޢުލީމު ހާސިލް ކުރަމުންދާ 2 ދަރިވަރުންނެވެ. އެއީ ނުބަލާ ކިޔެވުމުގެ ގޮފިން 9 އަހަރުން ދަށުގެ އުމުރުފުރައިން 3 ވަނަ ހޯދާފައިވާ އިޒްޔާން ޢިމާދު ޢަބްދުالله އަދި ނުބަލާ ކިޔެވުމުގެ ގޮފިން 18 އަހަރުން ދަށުގެ އުމުރުފުރައިން 3 ވަނަ ހޯދާފައިވާ މަރްޔަމް މަހާ މުޙައްމަދެވެ.

މީގެ އިތުރުން ދެން ވަނަތަކަށް ހާސިލްކޮށްފައި ވަނީ އިހަވަންދޫ ސްކޫލްގެ ދަރިވަރެއް ކަމަށްވާ ޢަޒާ އިބްރާހީމް އަސްލަމް އަދި ކެލާ ޝައިޚް އިބްރާހީމް ސްކޫލް ގެ ދަރިވަރު ޢަލީ ޒައުލް ޒިޔާޢުއެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން 12 އަހަރުން ދަށުގެ އުމުރުފުރައިން 3 ވަނަ ޢަޒާ ހޯދާފައި ވާއިރު ޒިޔާޢު ވަނީ ނުބަލާ ކިޔެވުމުގެ ގޮފިން 12 އަހަރުން ދަށުގެ އިމުރުފުރައިން 3 ވަނަ ހޯދާފައެވެ.

މިދަރިވަރުން ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް ހއ އަތޮޅު ކައުންސިލުން ވަނީ މިކާމިޔާބީ އަކީ ހއ. އަތޮޅުގެ ސްކޫލްތަކުގެ ހިންގުންތެރި ޕްރިންސިޕަލުންނާއި ހީވާގި މުދައްރިސުންނާއި މުބާރާތުގައި ބައިވެރިވި އެންމެހައި ދަރިވަރުންގެ މިންނަތް މަސައްކަތް ކަމަށް ފާހަގަ ކުރައްވާ އެފަރާތްތަކަށް މަރުޚަބާ ދަންނަވާފައެވެ.