ޖަޕާންގެ ހޮންޝޫ ސަރަހައްދަށް 7.4 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިސްފައިވާކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވި ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ހދ. ހަނިމާދޫއާއި 7653 ކިލޯ މީޓަރު ދުރުންނެވެ.
ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވެއެވެ.
ބައިނަލްއަގްވާމީ ބައެއް މީޑިއާތައް ބުނާގޮތުން ޖަޕާނަށް 6.4 މެގްނެޓިއުޑް ބާރު މިނުގައި އަދި 7.3 މެގްނެޓިއުޑް ބާރުމިނުގައި ދެ ބިންހެލުމެއްގެ އަސަރުވަނީ ކޮށްފައެވެ.
އެއާއެކު އެ ގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ސުނާމީގެ އިންޒާރު ވެސް ވަނީ ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!