ގައުމީ ޔުނިވަރސިޓީން މިއަންނަ އަހަރު ފަށާ ކޯސްތަށް އިޢުލާންކޮށްފި

56B96900-D1AD-4FDF-8484-C14D28D2E0B6

2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަށް އިޢުލާން ކޮށްފިއެވެ.

މި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 27 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް ގައުމީ ޔުނިވަރސިޓީން ވަނީ ހާމަކޮށްފައެވެ.

އާޓްސްގެ ދާއިރާއިން ޖުމްލަ 11 ކޯހެއް ފެށުމަށް ހަމަޖެހިފައިވާއިރު އެޑިއުކޭޝަންގެ ދާއިރާއިން 16 ކޯހެއް ފަށާނެއެވެ. އިންޖިނީރިން، ސައިންސް އަދި ޓެކްނޮލަޖީގެ ދާއިރާއިން 12 ކޯހެއް ފެށުމަށް ހަމަޖެހިފައިވާއިރު ހެލްތް ސައިންސްގެ ދާއިރާއިން 10 ކޯހެއް ކުރިއަށްގެންދިއުމަށް ވަނީ އިޢުލާން ކޮށްފައެވެ. ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމްގެ ދާއިރާއިން 15 ކޯހެއް ފަށާއިރު ލޯ އަދި އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން 13 ކޯހެއް ފެށުމަށް ހަމަޖެހިފައި ވެއެވެ. ވިޔަފާރީގެ ދާއިރާއިން 9 ކޯހަކާއި ނާސިންގެ ދާއިރާއިން 7 ކޯހެއް އަދި މެރިޓައިމް ސްޓަޑީޒްގެ 5 ކޯހެއް ވެސް ފެށުމަށް ވަނި އިޢުލާންކޮށްފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 5 ކެމްޕަހެއްގައި ކޯސްތައް ކުރިއަށް ގެންދާއިރު މިއަންނަ އަހަރު ހދ. ކުޅުދުއްފުށީ ކެމްޕަހުގައި 38 ކޯހެއް ފެށުމަށް ވަނީ ނިންމާފައެވެ. މާލޭގައި 117 ކޯހެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ލ. ގަމު ކެމްޕަހުގައި 21 ކޯހެއް ފަށާނެއެވެ. އަދި ގދ. ތިނަދޫ ކެމްޕަހުގައި 31 ކޯސް އަދި ސ. ހިތަދޫ ކެމްޕަހުގައި 35 ކޯހެއް ފަށުމަށް ނިންމާފައި ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *