މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ކަމަށް އާދަމް މުހައްމަދު އައްޔަންކޮށްފިއެވެ.

މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ ޕޯސްޓް އޮފީހުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ޝަފީގު މަގާމުން ވަކިކޮށް، އެ އެކުންފުނީގެ ބޯޑު މެންބަރު ކަމަށް އަދި އެމްޑީ ކަމުގެ މަގާމަށް އާދަމް އައްޔަންކޮށްފައިވާ ކަމަށެވެ.

Ad
rt

އާދަމް މީގެކުރިން ހުންނެވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އެމްޑީގެ މަގާމުގައެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް އަދި މީހަކު އައްޔަން ނުކުރެއެވެ.

ޕޯސްޓު އޮފީހު މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ޝަފީގް ބަދަލު ކުރައްވާ ތަނެއްވެސް އަދި ހާމައެއް ނުކުރެއެވެ.

ހއ. ދިއްދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ޝަފީޤަކީ ޕޯސްޓް އޮފީހުގައި ވަރަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރަށްވާފައިވާ ބޭފުޅެކެވެ. ޕޯސްޓްގެ އެމްޑީއަކަށް ވަޑައިގަތުމުގެ ކުރިން ޝަފީޤް ހުންނެވީ އެ ކުންފުނީ ފައިނޭން ޑިޕާޓްމަންޓްގެ ހެޑެއްގެ ގޮތުގައި ޑިރެކްޓަރެއްގެ މަގާމުގައެވެ. ޕޯސްޓްގެ ޚިދުމަތް ޒަމާނީކޮށް، އައު ޚިދުމަތްތައް ތަޢާރަފް ކުރުމުގައި ޝަފީޤް ވަނީ ވަރަށް ބޮޑު ދައުރެއް އަދާކުރަށްވާފައެވެ.

ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އައްޔަންކޮށްފައެވެ.