ހދ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުން އޮކްޓޫބަރ 13 ވަނަ ދުވަހުން ފެށިގެން މި އޮކްޓޫބަރ މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ހއ އަތޮޅުގެ ބައެއް ރަށްތަކުގެ ސިއްޚީ މަރުކަޒު ތަކުގައި ބަލިމީހުން ފަރުވާ ދެއްވުމުގެ ޕްރޮގްރާމެއް ފައްޓަވައިފިއެވެ.
ހއ އަތޮޅު ހޮސްޕިޓަލްގައި ހަމުގެ ބަލިތަކާއި ކަރުން މަތީގެ ބަލިތަކާއި މެންޓަލް އިލްނަސް އަށް ފަރުވާ ދެއްވުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ ކުރައްވާފައެވެ. އޮކްޓޫބަރ 15 ވަނަ ދުވަހު ހއ ހޯރަފުށީ ޞިއްޙީ މަރުކަޒުގައި މި ޑޮކްޓަރުން ފަރުވާ ދެއްވަމުން ގެންދަވާއިރު އޮކްޓޫބަރ 16 ވަނަ ދުވަހު ފަރުވާ ދެއްވަމުން ގެންދަވާނީ ހއ އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައެވެ.
އޮކްޓޫބަރ 17 ވަނަ ދުވަހު ހއ ކެލާ ޞިއްހީ މަރުކަޒުގައި ހަމުގެ ބަލިތަކާއި ކަރުން މަތީގެ ބަލިތަކަށް ފަރުވާ ދެއްވަމުން ގެންދަވާނެއެވެ. ހަމަ މިދުވަހު މެންޓަލް އިލްނަސް އަށް ހއ ބާރަށު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެއްވަމުން ގެންދަވާނެއެވެ.
ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓް
We have started Outreach programes beyond HaaDhaal. Dermatologist, Psychiatrist and ENT from KRH will be seeing patients in HA Alif Atoll Islands from 13-17 October 2019@MoHmv pic.twitter.com/IrNWpkHSm3
— Kulhudhuffushi Regional Hospital (@KRHmv) October 12, 2019
މިއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހއ އަތޮޅު ސިއްޙީ މަރުކަޒުތަށް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!