ހއ. ބާރަށުގެ ނެރު ފުންކުރުމާއި ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) އެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ.
މި މަޝްރޫއުގެ ދަށުން 755 މީޓަރު ދިގު އަދި 33 މީޓަރުގެ ފުޅާ ނެރުގެ ސަރަހައްދެއް ކޮންނާނެއެވެ. ނެރު ކޮށްނާނީ އަށް މީޓަރު ފުންކޮށެވެ.
މީގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ބަނދަރު 3.5 މީޓަރަށް ފުންކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 12.17 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
We have mobilized Ha. Baarah Channel and Maintenance Dredging Project site on 12th March 2022. The value of the project is MVR 12.17 million.#MTCCProjects #RayyithungeKunfuni pic.twitter.com/1BQixGVpx0
— MTCC Plc (@MTCCPlc) March 13, 2022
ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!