ހއ. ދިއްދޫ ކައުންސިލާއި ދިއްދޫ އިޖުތިމާޢީ މަރުކަޒު ގުޅިގެން ކުރިއަށް ދިޔަ ދިއްދޫ ޔޫތު ޗެމްޕިއަން ޝިޕް 1 ވަނަ ވޮލީ މުބާރާތް 2022 ގެ ޗެމްޕިއަންކަން ޓީމް ބުލެކްޒީނޯ ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗް ފަށާފައިވަނީ އިއްޔެ ހަވީރު 16:15 ގައެވެ. ބުލެކްޒީނޯއިން ޗެމްޕިއަންކަން ހޯދާފައިވަނީ ބީއެކްސް ސްޕޯޓްސްއާއި، ވާދަކޮށް ސީދާ 3 ސެޓުންނެވެ.
މި ދެ ޓީމް އިތުރުން އެމުބާރަތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ދިއްދޫ ޕޮލިސް ކްލަބެވެ.
މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު 10 ކުޅުންތެރިންގެ އިތުރުން އެންމެ މޮޅު ކޯޗުވެސް ވަނީ ހޮވާފައެވެ. ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދެއްވާފައިވާ ދިއްދޫ ކައުންސިލްގެ މެމްބަރުންނާއި، ޝަރަފްވެރި މެހްމާން ހއ. އަތޮޅު ކައުންސިލް ރައީސް މޫސާ ޝަފީގެވެ.
މިމާރޗް މަހުގެ 4 ވަނަ ދުވަހު ފެށިގެން ދިޔަ މިމުބާރާތް ރަސްމީކޮށް ފައްޓަވާދެއްވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދާއި، ދިއްދޫ ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ.
މިމުބާރަތުގައި ބުލެކްޒީނޯ ޓީމުން ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް އެރަށު ކައުންސިލްގެ ފަރާތުން ވަނީ އެޓީމަށް ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!