އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް، ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިޕްރޮގްރާމަކީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ( އެފްސީއެސްސީ) އަދި ށ. އަމާންވެށީގެ މުވައްޒަފުންނަށް އަމާޒުކޮށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.

Ad
rt

މިއީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެހީތެރިކަމާއިއެކު ނިންމާލެވިފައިވާ ހަރަކާތެކެވެ.

ޖެންޑާ މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮގްރާމަކީ 2 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި އެފްސީއެސްސީ އަދި އަމާންވެށީގެ 23 މުވައްޒަފުން ބައިވެރިވެ މައުލޫމާތު ހޯދާފަވެއެވެ.