ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 15 ސްކޮލާޝިޕް ފުރުޞަޠަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.

ހަޔާ އެޑިޔުކޭޝަނުން މި ފުރުޞަތުތައް ހުޅުވާލައި ކުރި ޢިއުލާންގައި ވާގޮތުން މި 15 ފުރުޞަޠު ވަނީ 7 ހޮސްޕިޓަލްތަކަށް ބަހާލާފައެވެ. މިގޮތުން އުތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 3 ފުރުޞަޠު އަދި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އެއް ފުރުޞަޠު ޚާާއްޞަކޮށްފަވެއެވެ.

Ad
rt

މި ފުރުޞަޠުތައް ހުޅުވާލާފައި ވަނީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، ޕާކިސްތާން، އަފްގާނިސްތާން، ޗައިނާ، ފިލިޕީންސް، އިންޑޮނޭޝިއާ، މެލޭޝިޔާ، ތައިލެންޑް، ކިރިގިސްތާން، އަޒަރބައިޖާން، މޯލްޓާ، ޗެކް ރިޕަބްލިކް، މޮރިޝަސް، މިޞްރު، ސައުތް އެފްރިކާ، އަލްޖީރިއާ އަދި ފިޖީ އިންނެވެ.

ފުރުޞަޠުތައް ބަހާލާފައިވާ ގޮތް އަދި ދާއިރާތައް

  1. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، (3 ފުރުޞަޠު: ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، ޕީޑިއޭޓްރިކް ނިއުރޮލޮޖީ، ނެފްރޮލޮޖީ)
  2. ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، (1 ފުރުޞަޠު: އެންޑޯކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް)
  3. މ. މުލި ރީޖަނަލް ހޮސްޕިޓަލް، (1 ފުރުޞަޠު: ގައިނަކޮލޮޖީ)
  4. ހުޅުމާލެ ހޮސްޕިޓަލް، (2 ފުރުޞަޠު: ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، މެޑިކަލް އޮންކޮލޮޖީ)
  5. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، (3 ފުރުޞަޠު: އެނެސްތީސިއޮލޮޖީ، އިންޓަރނަލް މެޑިސިން، އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސަރޖަރީ)
  6. ގަން ރީޖަނަލް ހޮސްޕިޓަލް، (2 ފުރުޞަޠު: އޮފްތަލްމޮލޮޖީ، ޑަރމެޓޮލޮޖީ)
  7. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، (3 ފުރުޞަޠު: ނިއޯނޭޓޮލޮޖީ، ޕަލްމޮނޮލޮޖީ، ނެފްރޮލޮޖީ)

މި ފުރުޞަޠުތަކަށް އަންނަ އޭޕްރިލް މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އެޕްލިކޭޝަން ހުށަހަޅަންޖެހެނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026947 / 3026966 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި schol@mohe.gov.mv އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ސާފުވާނެއެވެ.