ށ. ފޭދޫ ވޮލީކޯޓުގައި ލައިޓް ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ.
އެކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިބީލަމުގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް" ފުރިހަމަކުރެއްވުމަށްފަހު 15 މާރިޗު 2022 ވާ އަންގާރަދުވަހުގެ 11:00 ގެ ކުރިން އެއިދާރާއަށް ނުވަތަ info@feydhoo.gov.mv މި އެޑްރެހަށް މެއިލްކުރެއްވުމުން ބީލަމަށް ރަޖިސްޓްރީކޮށްދެވޭނެއެވެ.
ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ މިމާރޗް މަހުގެ 16 ވާ ބުދަދުވަހުގެ މެންދުރުފަހު 13:00ގައި އެއިދާރާގެ މީޓީންގްރޫމުގައެވެ. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ މިމަހުގެ 21 ވާ ހޯމަ ދުވަހުގެ 13:00 ގައެވެ.
މިމަސައްކަތައް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކާއި،އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި،ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށް އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!