ހއ. އަތޮޅުގެ ތަރައްޤީއަށް ހުރި ބިޔަ މަޝްރޫޢުތައް ބަރު ދުވެލީގައި ކުރިއަށް ނުދާތީ ހާއްސަ ރިޕޯޓެއް ތައްޔާރުކުރުމަށް ހއ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ.
އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެކައުންސިލްގެ 04 ވަނަ ދައުރުގެ 34 ވަނަ އާންމު ބައްދަލުވުމުގައި، އެޖެންޑަރ ކުރެވުނު، ޚިދުމަތް ތަކާއިގުޅިގެން ގުޅުހުންހުރި ވުޒާރާތަކަށް ޒިޔާރަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއްނިންމުމަށް ކުރެވުނު ބަހުސްގަ އެވެ.
ހއ. އަތޮޅުގެ ކުރިއެރުމާ ލާބަޔަށް ހުރި ބިޔަ ބޮޑު މަޝްރޫޢުތަކާއި ނަފާހުރި ޕްރޮޖެކްޓްތައް އެހާމެ ބާރު ދުވެލީގައި ނުދާތީ އެކަންބޮޑުވުންތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ތަރައްޤީ ޕްލޭނާއެކު ޚާއްސާ ރިޕޯޓެއް ހުށަހެޅުމަށް ފެންނަ ކަމަށް ހުށަހެޅުއްވީ، ހއ. އަތޮޅު ކައުންސިލްގެ މެންބަރ އަދި ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ
މި ހުށައެޅުމުގައި އިތުރަށް ބުނެފައިވަނީ، އަދި އަތޮޅުގެ ރަށްތަކުގައި ހުރި ޕްރޮޖެކްޓްތަކާއި މަޝްރޫޢުތަކާއި ކަންބޮޑުވުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ޚާއްސަ ރިޕޯޓެއް ހުށަހެޅުމަށް ފެންނަ ކަމަށާއި، އަދި މިދަތުރު ރަސްމީކޮށް ކުރުމަށް ފެންނަ ކަމުގައެވެ. އަދި މިދަތުރުގައި ކައުންސިލް ތަކުގެ ބަލަދުވެރިފަރާތް ކަމުގައިވާ އެލް.ޖީ.އޭ އާއި އަދި މިނިސްޓްރީ ތަކާއި، ބައްދަލު ކުރުމަށް ފެންނަ ކަމަށެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލުން ތައްޔާރުކުރާ ރިޕޯޓް ފޮނުވުމުގެ ކުރިން އަތޮޅު ކައުންސިލްގެ މެންބަރުންނާއި ރިޕޯޓް ހިއްސާކުރުމަށް ފެންނަ ކަމަށްވެސް މި ހުށައެޅުމުގައި ބަޔާންކޮށްފައިވެއެވެ.
މިހުށައެޅުމަށް 4 ބޭފުޅަކު ވަނީ ތާއީދު ކުރައްވާފައެވެ. އެބޭފުޅުންނަކީ ހއ. އަތޮޅު ކައުންސިލްގެ މެމްބަރ ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުالله ޙަސަންއާއި، ހއ. އަތޮޅު ކައުންސިލްގެ މެންބަރ ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ ޢަބްދުއްލަޠީފް އިތުރުން ހއ. އަތޮޅު ކައުންސިލްގެ މެންބަރ އުލިގަން ކައުންސިލްގެ ރައީސް އަޙްމަދު މުޢާޛު މުޙައްމަދު އަދި ހއ. އަތޮޅު ކައުންސިލްގެ މެންބަރ އުތީމް ކައުންސިލްގެ ރައީސް ޢަބްދު الله ރަޝީދެވެ.
މެމްބަރުންގެ އަޤުލަބިއްޔަތުން މި ހުށައެޅުން ފާސްވެފައިވަނީ 11 ބޭފުޅުން ފެންނަ ކަމަށް ވޯޓް ދެއްވައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!