ހއ. ފިއްލަދޫގައި ޕޮލިސް ޑެސްކެއް ގާޢިމް ކުރުމަށް ފިއްލަދޫ ކައުންސިލުން ބަޖެޓް ފާސްކޮށްފި އެވެ.
މިކަން އެކައުންސިލުން އިއްޔެ އާންމުކުރީ، އެކައުންސިލްގެ 3 ވަނަ ދައުރުގެ 26 ވަނަ އާއްމު ބައްދަލުވުމުގައި ނިންމާފައިވާ މުހިއްމު ނިންމުންތައްކުގެ ތެރޭގަ އެވެ.
އެރަށުގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް -/415000 ރުފިޔާގެ ސަޕްލަމެންޓަރީ ބަޖެޓް ފާސްކޮށްފައި ވަނީ އެކައުންސިލް މެމްބަރުންގެ އިއްތިފާޤުންނެވެ.
މީގެ އިތުރުން އެކައުންސިލްއިން ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ކައުންސިލް ކަޕް ފުޓްބޯޅަ އަދި ހޭންޑް ބޯލް މުބާރާތެއް ފެށުންވެސް ހިމެނެއެވެ. މިކަމަށް ވަކި ބަޖެޓްއެއް ކަނޑައެޅިފައި ނުވިނަމަވެސް ހުރިހާ ކައުންސިލުންގެ ތާއީދު މި ނިންމުމަށް ވަނީ ލިބިފައެވެ.
ފުލުހުންގެ ޚިދުމަތް ލިބެން ނެތް ރަށްރަށުގައި ޕޮލިސްޑެސްކްތައް ގާއިމް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަ ކޮށްލެވެއެވެ. އަދި މިއީ ރަށްރަށަށް ތައާރަފްވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކަށް އޮތް ކަންބޮޑުވުމާއި ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގައި ފުލުހުންވެސް ވަނީ ފާހަގަކޮށްފައެވެ.
ފިއްލަދޫ އަކީ 1,118 އާބާދީ އެއް އޮންނަ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!