ރާއްޖޭގައި ޔޫޓިލިޓީގެ ހިދުމަތް ދެމުން އަންނަ އެންމެ ބޮޑު ކުންފުނި ފެނަކަ ކޯޕަރޭޝަންއިން ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޙިދުމަތްތަކާއި ހަވާލުވެއްޖެއެވެ.
ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް މިހާތަނަށް ދެމުން އައީ ހުރާގެ ކައުންސިލުގެ ބެލުމުގެ ދަށުން އެ ކައުންސިލުންނެވެ.
މިކަމައްޓަކައި ކ. ހުރާގައި މިއަދު ބޭއްވި ޙާއްސަ ރަސްމިޔާތުގައި ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތާއި ފެނަކައާއި ހަވާލުވުމުގެ އެއްބަސްވުމުގައި ހުރާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ހުރާ ކައުންސިލުގެ ރައީސް ޢީސާ އަޙްމަދު އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކާގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!