ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާ އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އާ ބައްދަލު ކޮށްފިއެވެ.
އިއްޔެ ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށީގެ ތަރައްގީއަށް އެސްޓީއޯއާއި ކައުންސިލާ ގުޅިގެން ކުރެވެން ހުރި ކަންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
ބައްދަލުވުމަށްފަހު އެސްޓީއޯގެ ފަރާތުން ސިޓީ ކައުންސިލަށް ވަނީ ކޮފީ މެޝިނެއް ހަދިޔާ ކޮށްފައެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ވެސް އެމްޑީ އަމްރު ވަނީ ބައްދަލުކުރަށްވާފައެވެ. މި ބައްދަލުވުމުގައި ދެފަރާތްގުޅިގެން ރީޖަނަލް ލެވެލްގައި ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ކޭއާރުއެޗުން ވަނީ ވިދާޅުވެފައެވެ.
DCEO @AhmedDavidmv & the senior management team welcomed the CEO & MD of @stoplc and his team on their visit to Kulhudhuffushi City. Both parties discussed areas of mutual collaboration & assistance to further strengthen the health capacity at the regional level.@presidencymv pic.twitter.com/w2oJ2VMTi2
— Kulhudhuffushi Regional Hospital (@KRHmv) February 27, 2022
އެމްޑީ އަމްރު ކުޅުދުއްފުއްޓަށް ކުރެއްވި މި ޒިޔާރަތުގައި ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓްގެ ފައިނަލް މެޗް ވެސް ވަނީ ޝަރަފްވެރިކޮށް ދެއްވާފައެވެ. މި މެޗް ކުޅެވުނީ ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!