ނާޞިޙް ސްޓޭޓް މިނިސްޓަރުކަމަށް

photo_2022-02-27_19-17-46

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މަޤާމަށް މުޙައްމަދު ނާޞިޙް ރަޝީދު މިއަދު އައްޔަނުކުރަށްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްޓޭޓް މިނިސްޓަރުކަމަށް ނާސިރު އައްޔަނުކުރަށްވާފައި ވަނީ އޭނާ ކުރިން ފުރުއްވަމުން ގެންދެވި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން ވަކިކުރެއްވުމަށް ފަހުގައެވެ.

ނާޞިޙް މީގެ ކުރިން ވަނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމާއި އެ ކައުންސިލުގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ.

ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި، އެޑްވާންސް ސެޓިފިކެޓް އިން ޔޫތް ޑިވެލޮޕްމަންޓާއި، އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ފުރިހަމަ ކުރައްވާފައިވާ ނާޞިޙް މިހާރު ގެންދަވަނީ ބެޗެލަރ އޮފް ޝަރިޢާ އެންޑް ލޯ ކިޔަވާ ވިދާޅުވަމުންނެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އައްސަދު އަލީ (އަޑުބަރޭ) ޖަލުހުކުމާއެކު މަގާމުން ވަކިކޮށްފައިވާއިރު، އެ މިނިސްޓްރީގައި އިތުރު ސްޓޭޓް މިނިސްޓަރަކު އަދި ހުންނަވައެވެ. އެއީ ޙުސައިން އިސްމާޢީލް އެވެ.

ޔޫތު މިނިސްޓްރީގައި ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ތިއްބަވައެވެ. އެބޭފުޅުންނަކީ އަޙްމަދު އިބްރާހީމާއި، މުޙައްމަދު އަޛުމީލު އަދި ޢަބުދުﷲ އަނީސްއެވެ. އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް، އަޙްމަދު ސަލީމަކީ ވެސް ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި ހުންނަވާ ބޭފުޅެކެވެ.

ނާޞިޙް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަނު ކުރަށްވާފައިވާއިރު، މިއަދު ވަނީ އިސްލާމިކް މިނިސްޓްރީއަށް ވެސް ސްޓޭޓް މިނިސްޓަރަކު އައްޔަނު ކުރަށްވާފައެވެ. އެ މިނިސްޓްރީގެ ސްޓޭޓްކަން ދެއްވާފައި ވަނީ ސައިޚް މުޙައްމަދު އަނީލު އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *