ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ކޮމިޝަން އެ ކޮމިޝަން އުވާލެއްވީ މިއަދުން ފެށިގެންނެވެ.
އެ ކޮމިޝަން އުވާލެއްވިކަން ހާމަކުރަށްވައި، ރައީސް ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ، އެ ކޮމިޝަން އުވާލެއްވީ އެ ކޮމިޝަނާއި ހަވާލުކުރެއްވި މަސައްކަތް ނިންމަވާފައިވާތީ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުފެއްދެވީ ފެބުރުވަރީ 20، 2020 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!