ފެނަކަ ކޯޕަރޭޝަނުން އިންޖީނުގެތައް ހިންގާ ހުރިހާ ރަށަކުން މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ހަދަން މަސައްކަތް ކުރަމުންއަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މިހާރު ޅ. އަރޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްްޔެ ނައިފަރުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަކީ ސަރުކާރިން އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން ފެނަކައިގެ އިންޖީނުގެތައް ހުންނަ ރަށްރަށުން މަސްވެރިންނަށް އައިސް ލިބޭ ގޮތް ހަދަން ވަރަށް އަވަހަށް އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
ފެނަކައިން އެ ގެންދަނީ އެ މަޝްރޫއު ރާވާ ކުރިޔަށްގެންދިޔުމުގެ އަމަލީ މަސައްކަތް ފައްޓަން ތައްޔާރުވަމުން." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ނައިފަރުގައި އައިސް ވިއްކޭނެ ގޮތެއް ހޯދަން ބޭނުން ކަމަށްވާނަމަ ނައިފަރު ކައުންސިލުން ފެނަކައާ މަޝްވަރާކޮށް އެ މަސައްކަތް ކުރިއަށް ގެންދިއުމުން އެރަށުގެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ހައްލެއް ލިބޭނެ ކަމަށެވެ.
ރައީސް ވަނީ އިއްޔެ ފެލިވަރަށް ވަޑައިގެން ފެލިވަރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވެސް ބައްލަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!