އައްޑޫ ސިޓީގެ މަރަދޫފޭދޫގެ ފަޅު ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަރަދޫފޭދޫގެ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

Ad
rt

އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ ހެނދުނު 10:14 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ.

ނިޔާވެފައި އޮއްވާ ފެނިފައި ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ޢަލީ އިބްރާޙީމް ކިޔާ މީހެކެވެ.

"އެމީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް އައްޑޫ ހޮސްޕިޓަލްގެ ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަަމަށެވެ.