ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން މިދިޔަ އަހަރު އެންމެ ރަނގަޅު ވިޔަފާރި ކޮށްފައިވާ އެޖެންޓުންގެ އަގު ވަޒަންކޮށްފިއެވެ.
އެޖެންޓުންގެ އަގު ވަޒަން ކުރުމަށްޓަކައި މިއަދު ބޭއްވި ހަފްލާގައި މިދިޔަ އަހަރު އެންމެ ރަނގަޅު ފަސް އެޖެންޓުން ހޮވައި، ކޮންމެ މީހަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗަރެެއް ވަނީ ދީފައެވެ.
މި ގިފްޓް ވައުޗާޔައް ހަވާލުކޮށްދެއްވީ އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާންއެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން ތައާރަފު ކުރީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މިއީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ހެޔޮ އަގުގައި ކޮންސްޓްރަކްޝަން ސާމާނު ފަސޭހައިން ލިބޭނެ ގޮތް މަގު ފަހި ކޮށްދީ، އަތޮޅުތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްޓީއޯއިން ފެށި ހިދުމަތެކެވެ.
މިހާރު ރާއްޖޭގެ 17 އަތޮޅެއްގައި އެސްޓީއޯގެ 58 ކޮންސްޓްރަކްޝަން އެޖެންޓު ހަރަކާތްތެރިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!