“ފެނަކަ ހޯމް ސޯލާ” ޕްރޮގްރާމަކީ ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރަންމަންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމަކީ އާންމު ފަރުދުން ކަރަންޓަަށް ހޭދަކުރާ މިންވަރު ކުޑަކުރުމާއިއެކު ސަރުކާރުން ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުމެވެ.
ހޯމް ސޯލާ ނިޒާމާއެކު ޖައްވަަށް ފޮނުވާލެވޭ ވިހަ ގޭހުގެ މިންވަރު މަދުކޮށް، ސާފު އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރެވިގެން ދާނެއެވެ. މި ނިޒާމުގެ ސަބަބުން ސަރުކާރުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށްވެސް އެހީވެދޭނެއެެވެ.
މި ޕްރޮގްރާމަކީ އެކި ސަބަބުތަކާހުރެ ހުއްޓުމެއް ނެތި ބޮޑުވަމުން އަންނަ ކަރަންޓުބިލުތަކަށް ދާއިމީ ހައްލެކެވެ. އެގޮތުން، ހޯމް ސޯލާއަށް ބަދަލުކުރުމުން މަހުން މަހަށް އަންނަ ކަރަންޓު ބިލު 97 އިންސައްތައާ ހަމައަށް ކުޑަކުރެވޭނެއެވއ. މިއާއެކު ކަރަންޓު ބިލަށް މަހަކު 2،000ރ. އަރާ ގެތަކުގެ ބިލުނއ 60ރ. ކުޑަކޮށްލެވޭނެއެވެ.
މިއީ މެއިންޓެނެންސް ހަރަދު ކުޑަ، ހިދުމަތެކެވެ. އެގޮތުން މި ޕަވާ ޕްލާންޓުން އިރުގެ އަލިން ގެ ދިއްލައިލަދޭ އަދި ފިނިކޮށްދޭނެއެވެ. އަދި ދިގުު މުއްދަތަކަށް އިތުރު ތުރާލަކާ ނުލައި ބޭނުންކުރެވޭނެއެވެ. އާއްމުކޮށް ހޯމް ސޯލާ ނިޒާމެއް 20 އަހަރާއި 25 އަހަރާ ދެމެދުގައި ބޭނުންކުރެވެއެވެ.
ހޯމް ސޯލާ ނިޒާމު ގާއިމު ކުރަން ބޭނުންވާ ފަރާތްތަކަށް ފެނަކައިން ކޮންސަލްޓޭޝަން ހިދުމަތް ފޯރުކޮށްދޭނެއެވެ. މި ޕްރޮގްރާމް ބައްޓަންކޮށްފައި ވަނީ ފެނަކައިގެ ހިޔާވަހިކަމުގެ ދަށުގައިވާ ކޮންމެ ގޭބިސީއަކަށް ހެޔޮ އަގުގައި ފައިސާ ދެއްކޭނެ ގޮތަކަށެވެ.
ތިމާވެއްޓާއި ރައްޓެހި އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމުގައި ހުރި ބުރަތަކަށް ލުއި ގެނުވައިދިނުމަކީ ފެނަކަގެ އަމާޒެކެވެ.
ނެޓް މީޓަރުގެ ދަށުން ކަސްޓަމަރުން ކުރަން ޖެހޭ ކަމަކީ ފެނަކައިގެ އެޕްލިކޭޝަން ފޯމު ފުރުމާއި ހޯމް ސޯލާ އެއްބަސްވުމުގައި ސޮއިކުރުމެވެ.
އެ ނިޒާމުގެ ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމް (ޕީވީ) އަކީ “ވަން ސައިޒް ފިޓްސް އޯލް” ސޮލިއުޝަނެއް ނޫނެވެ. އެހެންވެ، ކަސްޓަމަރުން އެޕްލިކޭޝަން ޕްރޮސެސްކޮށް ނިމުމާއިއެކު، ފެނަކައިން ޓެކްނިކަލް ޓީމް ކަސްޓަމަރުގެ ގެއަށް ގޮސް، ހަކަތަ ބޭނުންކުރެވޭ މިންވަރާއި ފުރާޅުގެ ޖާގަ، އަދި މިނޫންވެސް އެތައް ކަމެއްގެ މައްޗަށް ބިނާކޮށް، އެތަނަކަށް އެންމެ އެކަށޭނަ ހޯމް ސޯލާ ސިސްޓަމެއް ޑިޒައިން ކުރުމަށް ބޭނުންވާ ހުރިހާ ސާވޭތަކާއި އެސެސްމަންޓްތައް ތައްޔާރުކޮށްދޭނެއެވެ.

ހޯމް ސޯލާ އިންސްޓޯލް ކުރުމުގައި ސާވޭ، އަދި އެސެސްމެންޓުތައް ނިމި، އިންސްޓޯލްކުރާނެ ކެޕޭސިޓީ ކަނޑައެޅުމުން އެ ފުރާޅަކަށް ބޭނުންވާ ސޯލާ ޕެނަލްތައް އެ ރަށަކަށް ފޮނުވާނެއެވެ. އަދި ކަސްޓަމަރުންގެ އަތުން އިތުރަށް އަގެއް ނުނަގައި ފެނަކަ ޓެކްނިކަލް ޓީމުން މި ސިސްޓަމް ހަރުކޮށްދޭނެއެވެ.
ހޯމް ސޯލާ ޕެނަލް ސިސްޓަމް އަހަރީ ގޮތުން ސާވިސް ނުކުރިޔަސް ރަނގަޅަށް މަސައްކަތް ކުރަމުންދާނެއެވެ. ނަމަވެސް ފުރާޅުގައި ސޯލާ ހަރުކުރުމާއިއެކު ފެނަކައިން ދޭ ހިދުމަތް ނިމުނީކީ ނޫނެވެ. ފެނަކައިގެ ޓެކްނިކަލް ޓީމް ހުންނާނީ ދިމާވެދާނެ މައްސަލައެއް ހައްލު ކުރުމަށް އަބަދުވެސް ތައްޔާރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!