ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މަސައްކަތުގައ މާހައުލަށް މީހުން ތަމްރީން ކުރަން ފެނަކަ ކޯޕަރޭޝަނާއި ޔޫތު މިނިސްޓްރީއާ ދެެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ފެނަކައިން ޒުވާނުންނަށް ވަޒީފާއާ ގުޅުންހުރި މަސައްކަތްތަކަށް ތަމްރީން ކުރާނެއެވެ. އަދި ޕްރޮގްރާމް ނިމޭއިރު ލެވެލް ތިނެއްގެ ސަނަދު ބައިވެރިންނަށް ލިބޭނެއެވެ.

Ad
rt

މިއީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ހޯދައިދޭން ގައުމީފެންވަރުގައި ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދެ އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްދާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްސް"ތަކާ އެއްގޮތަށެވެ.

ފެނަކައިން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން، އަހަރަކު ޖުމްލަ 120 ޒުވާނުން ތަމްރީން ކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ތަމްރީން ޕްރޮގްރާމްތަކަކީ، ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސާވިސަސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސްއެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާނުންނަށް ފަހިވެގެންދާ މިފުރުސަތުތަކަކީ ޒުވާނުންނަށް ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިޔުމަށް އެޅިގެންދާ ބިންގަލެއް ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައަކީ 100 އިންސައްތަ ދިވެހި މުވައްޒަފުންގެ މައްޗަށް ގާއިމްކުރެވިފައިވާ، ކުންފުންޏެކެވެ.