ހދ. ހަނިމާދޫއަށް އުފަން އާސިފް ސަލީމް (އާސިއްޕެ) އަކީ ހަނިމާދޫގައި އުފެދުނު ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ އާދަމް ސަލީމް (ސައްލި) ގެ ތިން ދަރިންގެ ތެރެއިން އެކަކެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެމްބަރު، ހަނިމާދޫ ނީރަންމާގޭ އާދަމް ސަލީމް އާލާސްކަންފުޅާ އުޅުއްވުމަށް ފަހު 2002 ވަނަ އަހަރުގެ ނިޔާވުމާއި ގުޅިގެން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހަނިމާދޫއަށް ހުޅުވާލައިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުންއައި ފުޓްބޯޅް މުބާރާތުގެ ނަން ވަނީ އެ އަހަރުން ފެށިގެން "އާދަމް ސަލީމް ކަޕް" ގެ ނަމަށް ބަދަލު ކޮށްފައެވެ. މިއަދާ ހިސާބަށް ވެސް އެ މުބާރާތް ކުރިއަށް ދަނީ އެ ނަމުގައިކަން ފާހަގަ ކޮށްލެވެއެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ޓީމް 1996 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހދ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމްގެ އެޓޭކިންގައި، ދިހަ ނަމްބަރު ޖޯޒީގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައި ވަނީ ސަލީމްއެވެ.
ހަނިމާދޫގައި އުފެދުނު މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގައި ސަލީމް ހިމެނުނު ފަދައިން އެ ލިސްޓުން އާސިފް ވެސް މިހާރު މި ވަނީ ހިމަނަން ޖެހިފައެވެ. ދިރިއުޅުމުގެ ކަންކަމާއި ރާއްޖޭގައި ފުޓްބޯޅައިގެ ކަންކަން އެތުރިފައި އޮންނަ ގޮތުނަ މޮޅު ކޮންމެ ކުޅުންތެރިއަކީ ރާއްޖޭގެ ފުރަތަމަ ޑިވިޛަންގައި ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބޭ ކުޅުންތެރިއަކަށް ނުވެއެވެ.
އާސިފްގެ ހުނަރު މިމަހުގެ 12 ވަނަ ދުވަހު ނިމިގެންދިޔަ ޓެކާސް ފުޓްސަލްގެ ހދ. މުބާރާތުގައި ވާދަކުރި ހަނިމާދޫ ޓީމުން ވެސް ވަނީ ވަރަށް ފުރިހަމައަށް ފެނިގެން ގޮސްފައެވެ. މުބާރާތުގެ ފައިނަލް މެޗުން ކުޅުދުއްފުށި އަތުން ހަނިމާދޫ ބަލިވި ނަމަވެސް މުބާރާތުގައި ހަނިމާދޫ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް އާސިފް ވަނީ ހޯދާފައެވެ. މީގެ އިތުރުން ހަތް ގޯލް ޖަހައި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އާސިފް ވަނީ ހިމެނިފައެވެ.

އާސިފް ފުރަތަމަ އަތޮޅު ފެންވަރުގައި ވާދަ ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ހދ. އަތޮޅު މުބާރާތާއި ޒޯން މުބާރާތުގައެވެ. އުމުރުން ހަގު ނަމަވެސް އެ ދެ މުބާރާތުގައި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބްގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައި ވަނީ އޭނާއެވެ. އެ ދެ މުބާރާތުގެ ރަނަރަޕް ޓީމްގެ މަޤާމް ސާއްބަ ހޯދިއިރު، އެއީ އާސިފްގެ ފެށުމެވެ.
އާސިފް ފުރަތަމަ އަތޮޅު ފެންވަރުގައި ވާދަ ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ހދ. އަތޮޅު މުބާރާތާއި ޒޯން މުބާރާތުގައި
2015 ވަނަ އަހަރު ރާއްޖެތެރެއަށް ތަޢާރަފްކުރި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ 2016 ވަނަ އަހަރުގެ މުބާރާތުގައި ހަނިމާދޫ ވާދަކުރި އިރު، ހަނިމާދޫއިން ނެގުނު އެންމެ މޮޅު 11 ކުޅުންތެރިން ތެރޭގައި އާސިފް ވަނީ ހިމެނިފައެވެ. އެ އަހަރު ހދ. އަތޮޅު މުބާރާތާއި ޒޯން މުބާރާތް ޓީމް ހަނިމާދޫ ކާމިޔާބުކުރި އިރު، ޓީމް ހަނިމާދޫގެ އެޓޭކިން ޒޯންގައި އާސިފް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ އަހަރު ޒޯން ޗެމްޕިއަން ބުރުގައި ވާދަކުރި ހަނިމާދޫ ޓީމްގައި ވެސް އޭނާ ވަނީ ހިމެނިފައެވެ.
2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ހަނިމާދޫ އަތޮޅު އަދި ޒޯނު ޗެމްޕިއަންކަން ހޯދިއިރު އާސިފް ވަނީ މޮޅު ކުޅުމެއް ކުޅެފައި
2017 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އާސިފް ކުޅެފައިވަނީ ޓީމް ކުޅުދުއްފުޓަށެވެ. އެ އަހަރުގެ އަތޮޅު މުބާރާތާއި ޒޯން މުބާރާތް ކުޅުދުއްފުށި ޓީމުން ކާމިޔާބުކުރި އިރު އެ މުބާރާތުގައި ކުޅުދުއްފުށި ޓީމްގެ އެޓޭކިންގައި އާސިފް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
2017 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ އަތޮޅު އަދި ޒޯނު މުބާރާތުގެ ޗެމްޕިއަންކަން ޓީމު ކުޅުދުއްފުށިން ހޯދިއިރު އާސިފް ވަނީ އެ ޓީމަށްކުޅެ، މޮޅު ކުޅުމެއް ދައްކާފައި
2018 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހދ. އަތޮޅު މުބާރާތް ހަނިމާދޫ ޓީމުން ކާމިޔާބު ކުރިއިރު، އެ ޓީމްގައި ވެސް އާސިފް ހިމެނެއެވެ. އާސިފްއަކީ ތިލަދުންމަތީގައި ހުރި މިނިވަން ޗެމްޕިއަންޝިޕް އެންމެ ގިނަ ތަށި ކާމިޔާބުކުރި ކުޅުންތެރިއާއެވެ. މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު މުބާރާތް ތިން ފަހަރު ޒޯން މުބާރާތް ދެ ފަހަރު ހިމެނޭގޮތުން ފަސް ތަށި އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.
2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތް ޓީމު ހަނިމާދޫން ކާމިޔާބުކުރިއިރު އާސިފް ވަނީ މުހިންމު ދައުރެއް އަދާކޮށްފައި،
ރެޑްބުލް އެނާޖީ ޑްރިންކު ފަރާތުން ރާއްޖެގައި ބާއްވަމުން އަންނަ ރެޑްބުލް ވިނިން ފައިވްގެ އަތޮޅު ބުރުގައި 2019 ވަނަ އަހަރު އިހަވަންދޫގައި ބޭއްވި މުބާރާތުގައި ހަނިމާދޫއިން ވާދަކޮށް އެ މުބާރާތް ކާމިޔާބުކުރި "އަޅިބްރޯސް" ޓީމްގައި އާސިފް ހިމެނެއެވެ. އެ މުބާރާތުގެ ޗެމްޕިއަންސް ބުރު މާލޭގައި ބޭއްވިއިރު ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޗެމްޕއަން ޓީމަތަކާއި ވާދަކޮށް އެ މުބާރާތުގެ ރަނަރަޕްގެ މަޤާމް އަޅިބްރޯސް ހޯދިއިރު އެ މުބާރާތުގައި ވެސް އާސިފް ވަނީ މުހިންމު ލަނޑުތައް ޖަހާފައެވެ.
ރެޑްބުލް ވިނިން ފައިވްގެ އަތޮޅު ބުރުގައި 2019 ވަނަ އަހަރު އާސިފް ކުޅުނު ޓީމު ވަނީ މުބާރާތުގެ ރަނަރަޕްކަން ހޯދާފައި، އޭނާ ވަނީ އެ މުބާރާތުގައި މޮޅު ލަނޑުތަކެއް ޖަހާފައި،
2019 ވަނަ އަހަރު ކުޅުދުއްފުށީ ހިރަފުސްގެ ފަރާތުން ހދ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ޕެންޓަގްރާމް ހިރަފުސް ކަޕް 2019 " ފުޓްބޯޅަ މުބާރާތް ހަނިމާދޫއިން ވާދަކުރި ސާއްބަ އެކުވެރި ކުލަބުން ކާމިޔާބުކުރި އިރު އެ ޓީމްގައި ވެސް އާސިފް ހިމެނެއެވެ.
ޕެންޓަގްރާމް ހިރަފުސް ކަޕް 2019ގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް ހޯދިއިރު އެ ޓީމުގައި އާސިފް ވަނީ މުހިންމު ރޯލެއް އަދާކޮށްފައި،
ޖެހިގެންއައި 2020 ވަނަ އަހަރު މި މުބާރާތުގެ އަތޮޅު ބުރުގައި ހަނިމާދޫގައި ބޭއްވި މުބާރާތް ވެސް އަޅިބްރޯސް އިން ކާމިޔާބުކޮށް ޗެމްޕިއަންބުރަށް ކޮލިފައިވީއިރު އެ ޓީމްގައި ވެސް އާސިފް ހިމެނެއެވެ. މާލޭގައި ކުޅުމަށް ހަމަޖެހިފައި އޮތް އެ މުބާރާތުގެ ޗެމްޕިއަންބުރު ކޯވިޑްގެ ސަބަބުން ބާއްވާފައި ނުވެއެވެ.
ޔުނިކްސް ސްޕޯޓްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ރާއްޖޭގެ އެކި ހިސާބުގައި ކުރިއަށް ގެންދިޔަ އެކްސެލް ސްޓްރީޓް ސޮކަރ 2020 ތްރީ އޮން ތްރީ ރާއްޖެ ޓުއާގެ ހަނިމާދޫގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަޅިބްރޯސް ޓީމްގައި ވެސް އާސިފް ހިމެނެއެވެ. މިއީ ރާއްޖޭގެ އެކި ހިސާބުން ޗެމްޕިއަން ހޯދާ ޓީމްތަކުގެ މެދުގައި މާލޭގައި ފައިނަލް ބުރެއް ކުޅޭ ގޮތަށް ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. މި މުބާރާތުގެ ފައިނަލް ބުރު ވެސް ކޯވިޑްގެ ސަބަބުން ކުޅެފައި ނުވެއެވެ.
އާދަމް ސަލީމް ކަޕް" ފުޓްބޯޅަ މުބާރާތުގެ 2019 ވަނަ އަހަރުގެ މުބާރާތުގައި އާސިފް ވަނީ "ޝީލްޑް" ޓީމަށްޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައި
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމްކޮށް ހިންގާ "އާދަމް ސަލީމް ކަޕް" ފުޓްބޯޅަ މުބާރާތުގެ 2019 ވަނަ އަހަރުގެ މުބާރާތުގައި އާސިފް ވަނީ "ޝީލްޑް" ޓީމަށް ކުޅެ އެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. އެ މުބާރާތުގެ ތަށި ނުލިބުނު މުބާރާތުގެ އެންމެ މޮޅު ފޯވާޑް ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އޭނާއެވެ.
ޖެހިގެން އައި 2020 ވަނަ އަހަރު ސާއްބަ އެކުވެރި ކުލަބުން ބޭއްވި ސާއްބަ އެނިވާސަރީ ކަޕް، ޝީލްޑް ޓީމާއިއެކު އާސިފް ވަނީ ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!