މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ގެ މަގާމާއިއެކު، އިތުރު ދެ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީއިން މިއަދު ހުޅުވައިލައިފި އެވެ.

އެމްޑީޕީން މިއަދު ކުރި ޢިއުލާނެއްގައި ބުނީ، އެ ޕާޓީގެ ޗެއާޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިޚާބް 16 އޭޕްރީލް 2202 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން އެ ޕާޓީގެ ޗެއާޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމަށް ވާދަކުރައްވަން ބޭނުންފުޅުވާ އެ ޕާޓީގެ މެންބަރުން ޕާޓީގެ އިންތިޚާބުތަކުގައި ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު އެޕާޓީގެ އިންތިޙާބާއި ބެހޭ ކޮމިޓީގެ އީމެއިލް elections@mdp.org.mv އަށް 19 ފެބްރުއަރީ 2202 ވާ (ހޮނިހިރު) ދުވަހުގެ 16:00ގެ ކުރިން ފޯމްހުށައެޅުއްވުމަށް އެދޭ ކަމަށެވެ.

މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް އެ ޕާޓީގެ ވެބްސައިޓް http://www.mdp.org.mv އިން ލިބެން ހުންނާނެއެވެ.

އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބް ކުރުމަށް ބާއްވާ އިންތިޚާބް 18 ފެބްރުއަރީ 2022 ވާ ހުކުރު ދުވަހު ބޭއްވުމަށް ނިންމައި، ކުރިމަތިލުމަށް ފުރުސަތު ވެސް ހުޅުވާލާފައެވެ.