ހއ. ފިއްލަދޫ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ނިންމައިފި އެވެ.

އެކައުންސިލުން މިނިންމުން ނިންމާފައިވަނީ އެކައުންސިލްގެ 3 ވަނަ ދައުރުގެ 20, 21 އާއްމު ބައްދަލުވުމުގަ އެވެ.

Ad
rt

އެ ބައްދަލުވުން ތަކުން ނިންމާފައިވަނީ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ބަޖެޓެއްގެ ގޮތުގައި ހިމަނާފައިވަނީާ -/1،400,000 ރުފިޔާ އެވެ. މިނިންމުން ނިންމާފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އެކައުންސިލުން ނިންމާފައިވާ އިތުރު ނިންމުންތަކަށް ބަލާލާއިރު ދައްޕަރުން ތަކެތި ވިއްކުމާ ދައްޕަރަށް ވިޔަފާރި އުޞޫލުން އަރައި ފައިބާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށާއި އެރަށުގެ އަތިރިމަތީގައި ހުރި ރުއްތައް ވަރުވާއަށް ދޫކުރުން ހިމެނެއެވެ.

އެކައުންސިލުން މިނިންމުންތައް އާއްމުކޮށްފައި މިވަނީ މިއަދު އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައެވެ. އަދި މިއިއުލާނުގައި އެކަންތައްތަކަށް ބަޖެޓެއް ވެސް އެކުލަވާލާފައިވެއެވެ.

މީގެ އިތުރުންވެސް ކައުންސިލަށް ބަގީއެއް ހޯދަން -/35000 ރުފިޔާ، ކައުންސިލަށް ވޭންއެއް ގަތުން -/300,000 ރުފިޔާ އަދި ކައުންސިލަށް އެކްސަވޭޓަރއެއް ގަތުމަށް -/300,000 ރުފިޔާ ފާސްކޮށްފައި ވެއެވެ.