ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ 266 ދޫންޏެއް އިއްޔެ މަރާލާފައިވާ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

އިއްޔެ މަރާލާފައި ވަނީ ފުރަބިތު އެކުއޭރިއަމް އެންޑް ޕެޓްސްއިން އެތެރެކުރި ދޫނި ތަކެކެވެ. މިދޫނިތައް ރާއްޖެ އެތެރެކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނިން އެތެރެކޮށްފައިވަނީ 194 ޖާވާ ފިންޗް އަދި 72 ސޮސައިޓީ ފިންޗް އެވެ. އޭގެ ތެރެއިން 266 ދޫނި އިއްޔެ ނައްތާލާނެކަމަށް އިއްޔެ މެންދުރުފަހުމަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އަންގާފަ އެވެ. ދޫނިތައް މަރާލާ ނައްތާލި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ. އެދޫނިތައް ނައްތާލީ އެވުޒާރާގެ ބެލުމުގެ ދަށުގައި ކަރަންޓީނުގައި ބޭތިއްބުމަށްފަހު އެވެ.

އިންޖެކްޝަން ޖަހައިގެން އިއްޔެ މަރައިލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް އެތެރެކުރި ގުރާ އާއިލާގެ އެކި ވައްތަރުގެ 120 ދޫންޏެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގެ "ނިއާ ތްރެޓެންޑް" ކެޓަގަރީގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނުވަތަ އެމެޒޯނާ ފެރިސޯނާގެ 10 ދޫނި ވެސް ހިމެނެ އެވެ.

މި ދޫނިތައް ރާއްޖެ އެތެރެކުރިތާ ހަތަރު މަސް ވާން އުޅެނިކޮށް، އިންޖެކްޝަން ޖަހައިގެން ދޫނިތައް މަރައިލި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ދިރޭތަކެތި ނައްތައިލުމުގެ ގޮތުން މީގެ ކުރިންވެސް އަންނަނީ މަރަމުންނެވެ.

ގަވައިދާ ހިލާފަށް ރާއްޖެ އަށް އެތެރެކުރުމުން ސަރުކާރުން ހިފެހެއްޓި ދޫނިތައް މަރައިލި މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ އަށް އަންގަވާފައިވާފަ އެވެ.