ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާންކުރި 60 ބިމުގެ ތެރެއިން ބީޗްފްރަންޓް ބިންތަކަށް ބިޑްކުރުން މާދަމާ ބާއްވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތާވަލު ކޮށްފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނު ކުުރި ގޯތީގެ ތެރޭގައި ހިމެނޭ ބީޗް ފްރަންޓް 26 ބިމަށް މާދަމާ ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން، ކޮންމެ ބީލަން ފޯމަކާ އެކު ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެއް ފަރާތަށް ކަމަށް ވެސް ހެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.
ބީލަން ހުޅުވުން ކުރިއަށްދާނީ މާދަމާ ހެދުނު 9:00 އިން 12:00 އަށް ވައިލެޓްމަގުގައި ހުންނަ ހ. މީރުމާ، ފަސް ވަނަ ފަންގިފިލާގައި ހުންނަ އިވެންޓް ހޯލްގައެވެ. އަދި ބީލަން ފޯމް ހުޅުވުން ކުރިއަށްދާނީ މެންދުރު ފަހު 13:00 އިން ފެށިގެންނެވެ.
އެޗްޑީސީން ދެވެނަ ފިޔަވަހިން ވިއްކަން އިއުލާނުކުރީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެކެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓް 26 ބިމާއި، ބީޗް ސައިޑް 34 ބިމެކެވެ.
މި ގޯތިތަކަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނު ކުރި އެންމެ އަގު ބޮޑު ގޯތިތަކެވެ.
މާދަމާ ބީޗް ފްރޮންޓު ބިންތަކަށް ބިޑް ކުރުން އޮންނަ އިރު ބީޗް ސައިޑް ބިންތަކަށް ބިޑް ހުށަހެޅުން އޮތީ މި މަހު 16ގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!