މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލައިފިއެވެ.
އެމިނިސްޓްރީއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އެހީއަށް އެދި ހުށަހެޅޭނީ ޖަމްޢިއްޔާތަކާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަނި ކަމަށެވެ.
އެގޮތުން އެފަދަ ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި އެންމެ ގިނަވެގެން އެމިނިސްޓްރީއިން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 (ތިން ލައްކަ ރުފިޔާ) އެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫޢުތަކާއި ޙަރަކާތްތައް ހިންގުމަށެވެ.
މީގެ އިތުރުން މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުޞޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް އެއިއުލާނުގައި ބަޔާން ކޮށްފައި ވެއެވެ. އަދި އެމިނިސްޓްރީގެ ވެބްސައިޓް www.youth.gov.mvގައި ވެސް މިމައުލޫމާތުތައް ވަނީ ހިއްސާ ކޮށްފައެވެ.
މި ޕްރޮޕޯސަލްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ވަގުތަކީ 21 މާރޗް 2022 ވަނަދުވަހުގެ 13:00 އެވެ. ޕްރޮޕޯސަލް ފޯމް ލިބެން ހުންނާނީ www.youth.gov.mv މި ވެބްސައިޓުންނެވެ.
Ad
rt