ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ 67 އަހަރުގެ އަންހެނެކެވެ.
އޭނާ ނިޔާވެފައި ވަނީ ރޭ 8:50 ހާކަށް ހާއިރުއެވެ.
ފަހަކަށް އައިސް ކޮންމެ ދުވަހަކު ހެން މީހަކު މި ބަލީގައި ނިޔާވަމުން އަންނައިރު، މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 284 ވަނަ މީހާއެވެ.
މި ބަލީގައި އިއްޔެ ރާއްޖެއިން ވަނީ 21 އަހަރުގެ ޒުވާނަކު ވެސް ނިޔާވެފައެވެ. އޭނާ ނިޔާވީ ވެސް ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ނާޒުކް ފައްތަރެއްގައި އޮތުމަށްފަހު ޕޮޒިޓިވްވާ ނިސްބަތް މަޑުމަޑުން ވަނީ ދަށަށް ދާން ފަށާފައެވެ.
މުޅިރާއްޖެއިން ޕޮޒިޓިވްވާ ނިސްބަތް އެންމެ މަތި ދުވަސްވަރުގޮތުގައި މި ދުވަސްވަރު ހިމެނޭއިރު އިއްޔެ ވެސް ވަނީ 1757 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 628 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 815 މީހުންނާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 133 މީހުންނެވެ.
ރާއްޖެއިން މިހާތަނަށް މިބަށްޔަށް ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 150،337 އެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 17،169 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!