ކޯވިޑް ޖެހިގެން 80 އަހަރުގެ އަންހެނެއް ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި މިމީހާ ނިޔާވެފައިވަނީ މިއަދު މެންދުރުފަހު 15:35 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ.

Ad
rt

މިއީ ކޯވިޑްގައި ރާއްޖެއިން ނިޔާވި 281 ވަނަ މީހާއެވެ. ކޯވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އިއްޔެ އެކަނިވެސް 1955 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

އޭގެ ތެރެއިން 599 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ. މިހާތަނަށް ރާއްޖޭގައި 146991 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.