ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުން ކުރެ އެންމެ ސިޔާސީ ތަޖުރިބާ ބޮޑީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ހުސައިން އަރީފް (ހުސެންބެ) ވިދާޅުވެއްޖެއެވެ.

ރާޑޯއަށް ތާއިދުކުރާކަން ހާމަކޮށް ހުސެންބެ ކުރެއްވި ޓްވީޓެއްގައި ވަނީ ރާޑޯއަކީ އެ ގޮނޑިއަށް އެންމެ ރަނގަޅު ޗޮއިސް ކަމަށް ވިދާޅުވެފައެވެ.

Ad
rt

ހުސައިންބެ ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ސިޔާސީ މައިދާނުގައި އުޅެ ސިޔާސީ ތަޖުރިބާ އެންމެ ބޮޑަށް ލިބިފައިވާ ފަރާތަކީ ރާޑޯ ކަމާއިމެދު ކުޑަވެސް ޝައްކެއް ވަސްވާހެއްނެތް ކަމަށެވެ.

" މަރްޙޫމް ޙުސައިން ވަޙީދު ފުރުއްވި މަޤާމަށް ރާޑޯ ހަމަ 1 ވަނަ" ރާޑޯއަށް ތާއީދު ކުރަށްވަމުން ޙުސައިންބެ ވިދާޅުވެފައެވެ.

އެމްޑީޕީގެ ކެންޑިޑޭޓް، ކެންޑިޑޭޓް ނަމްބަރު 1 ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސެވެ. އޭނާ ނިސްބަތް ވަނީ ވެސް ފޯކައިދޫއަށެވެ.

ކޮމަންޑޫ ދާއިރާގައި ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް އެއްވާމެއްގައި ނިންމުމަށް ރާޝިދު އިންތިޚާބު ކުރަންޖެހޭ ކަމަށް ވެސް އޭނާގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.