ހއ. އުލިގަމު ސްކޫލުގެ 08 ކްލާސްރޫމްގެ އިތުރުން، އިތުރު އިމާރާތްތަކެއް އެޅުމަށް އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން އެ ސްކޫލްގައި 08 ކްލާސްރޫމްގެ އިތުރުން، ސައިންސް ލެބް، ސްކޫލްގެ ވަށާފާރު އަދި އޭވީ ރޫމް އިމާރާތް ކުރާނެއެވެ.
މި މަސައްކަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާއިއެކު ސޮއި ކޮށްފައި ވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑްއެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. އަދި މައިކްރޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ނައިހް ނަޖީބްއެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 12,506,172.58 (ބާރަ މިލިޔަން ފަސް ލައްކަ ހަހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް އަށްލާރި) އަށެވެ. މި މަސައްކަތް 1 އަހަރުގެ ތެރޭ ނިންމަން ޖެހެއެވެ.
މިވަގުތު ވެސް ރާއްޖޭގެ ސްކޫލްތައް އިތުރަށް ތަރައްގީ ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ދަނީ ހިންގަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!