ރ. ހުޅުދުއްފާރު ސްކޫލުގެ 12 ކްލާސްރޫމްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީ އާއި އެކު ސޮއި ކޮށްފައިވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑްއެވެ.
މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ.
އަދި މައިކްރޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ނައިހް ނަޖީބްއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ 15,661,157.74 (ފަނަރަ މިލިޔަން ހަލައްކަ ފަސްދޮޅަސް އެއްހާސް އެއްސަތޭކަ ފަންސާސް ހަތްރުފިޔާ ހަތްދިހަ ހަތަރުލާރި) ގެ މަޝްރޫޢު އެކެވެ.
މި މަޝްރޫޢު 1 އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!