ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ އެ މަޝްރުއުގެ ދަށުން އެރަށު އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ބަނދަރަށް ވަދެވެން އޮންނަ ނެރު ފުންކުރާނެއެވެ.
އަދި، 355 މީޓަރުގެ ބޭރުތޮއްޓަކާއި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި ރިވެޓްމަންޓް ޖަހާނެއެވެ.
މީގެ އިތުރުން 2583 އަކަ މީޓަރުގެ ޕޭވްމަންޓެއްވެސް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.
މިއީ 64.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!