ހއ. އުތީމު ބާ ސުކޫލު އިމާރާތުގެ 3 ކްލާސްރޫމް ގުޅުވައިގެން މިއުޒިއަމްއެއް ހަދަން ނިންމައި، އެމަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިއުލާން ކޮށްފިއެވެ.

އެ މަރުކަޒުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ އިރުމަތި ފަރާތުގައި ހުންނަ މިއިމާރާތުގައި މިއުޒިމަމްއެއް ހެދުމުގެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތަތްކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ފެބުރުއަރީ 2022 ގައި މައުލޫމާތު ސާފުކުރުމަށްފަހު 15 ފެބުރުއަރީ 2022 ގައި ބީލަމަށް ހުށައަޅަން ޖެހެއެވެ.

މައުލޫމާތު ސާފުކުރުމާއި ބީލަމުގައި ބައިވެރިވެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިމަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3340236 ނަންބަރު ފޯނަށް ގުޅުއްވުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.