ރާޝިދުގެ ކެމްޕޭން މެކުހަށް

Rashid campaighn

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕޭން ބާރަށް ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ކުރިއަށްދާއިރު، މާލެ ސަރަހައްދުގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ގިނަ ކެމްޕޭން ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮމަންޑޫ ރައްޔިތުންނާ ގާތަށް، ދޮރުން ދޮރަށް ހިންގުމުގެ ހަރަކާތެއް ރާޝިދު ކުރިއަށް ގެންދަވާފައިވާއިރު، އިތުރު އެކި ކެމްޕޭން ހަރަކާތްތަށް ވެސް ދަނީ ފޯރީގައި ކުރިއަށް ގެންދަވަމުންނެވެ.

ރާޝިދުގެ ކެމްޕޭނަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް (ސިއްޕެ) ހިމެނޭހެން ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންނާއި، އެމްޑީޕީގެ އިސް ސަފުގެ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ އިއްޔެ ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައެވެ.

އެ ދާއިރާގެ ކެމްޕެއިންގައި ދާއިރާގެ ރާޝިދުގެ ކެމްޕެއިން ޓީމްތަކާއެކު އެމްޑީޕީގެ އިސް ސަފުގެ ބޭފުޅުން ދަނީ ކެމްޕެއިން ފެށުނީއްސުރެ މަސައްކަތް ކުރަށްވަމުންނެވެ.

ރާޝިދަކީ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުކަމާއި، މުޅި ސަރުކާރު އޭނާގެ ފަހަތުގައި އޮތުމުން ދާއިރާގެ ރަށްޔިތުން އެދޭ ތަރައްގީ ގެނެސްދެވޭނީ އޭނާއަށް ކަމަށް އޭނާގެ ސަޕޯޓަރުން ގެންދަނީ ބުނަމުންނެވެ.

ރާޝިދުގެ ކެމްޕޭނުގައި ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވެސް ވަނީ ބައިވެރިވެވަޑައިގެން އެ ދާއިރާގެ ރަށްތަކަށް ވަޑައިގެންފައެވެ.

ކެންޑިޑޭޓް ނަމްބަރު 1 ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސެވެ. އޭނާ ނިސްބަތް ވަނީ ވެސް ފޯކައިދޫއަށެވެ. ކޮމަންޑޫ ދާއިރާގައި ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް އެއްވާމެއްގައި ނިންމުމަށް ރާޝިދު އިންތިޚާބު ކުރަންޖެހޭ ކަމަށް ވެސް އޭނާގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *