ހއ. މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިން މިދިޔަ 2021 ވަނަ އަހަރު ހިންގާފައިވާ ގިނަ ހަރާކާތްތައް ކާމިޔާބު ކަމަށް އެ ކޮމެޓީން އާންމުކުރި "ފާއިތުވެ ދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލް ކުރެވުނު މިންވަރާގުޅޭ ރިޕޯޓް 2021" ގައި ބުނެފިއެވެ.
އެގޮތުން އެރިޕޯޓްގައި އެކޮމިޓީއިން ވަނީ ފާއިތުވެދިޔަ އަހަރުގެ އެކޮމީޓީއިން ކުރިއަށް ގެންގޮސްފައިވާ 5 ހަރަކާތުގެ ތެރެއިން 3 ހަރަކާތަކުން 100 ޕަސެންޓް ކާމިޔާބު ކަމާއިއެކު ލަނޑުދަނޑި ހާސިލްވެފައިވާ ކަން ފާހަގަކޮށްފައެވެ. އެ ހަރަކާތްތަކަކީ ޖަނާޒާ ކޯހުގެ ބޭސިކް އަދި އެޑްވާންސް ގެ އިތުރުން އަންހެން ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދެވުނު ފުޓްސަލް މުބާރާތެވެ. މީގެ އިތުރުން އެކޮމިޓީއިން ކުރިއަށް ގެންގޮސްފައިވާ މުނާސަބަތުތައް ފާހަގަ ކުރުމާއި ކޮންމެ މަހަކު ބެޑްރިޓެންޑް ޕޭޝަޓުންނަށް ޒިޔާރަތް ކުރުމުގެ ހަރަކާތުން 80 ޕަސެންޓް ހާސިލްވެފައިވާ ކަމަށް އެރިޕޯޓްގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން މިރިޕޯޓްގައި ވަނީ މިއަހަރު ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ އިތުރުން އެކޮމިޓީގެ ބައްދަލުވުންތަކާއި އާމްދަނީ އަދި ޚަރަދުތަކުގެ ތަފްސީލްވެސް ބަޔާން ކޮށްފައެވެ.
އެގޮތުން އެކޮމެޓީން 2022 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ :
- ސްކޫލް ކުދިންނަށް ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ހިންގުން
- ހޭންޑްބޯލް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދިއުން
- ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުން
- ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުން
- އަންހެނުންނަށް އަމާޒުކޮށް ކުޅިވަރު މުބާރާތް ކުރިއަށް ގެންދިއުން
މޮޅަދޫ އަންހެނުންގެ ކޮމިޓީއިން ބުނެފައިވާ ގޮތުގައި އެކޮމިޓީގެ އަމާޒަކީ ކޮމިޓީއިން ދޭ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު، ލުއިފަސޭހަ ޚިދުމަތްތަކަކަށް ހެދުމަށްޓަކައި އަންހެނުންނަށް ޒަމާނީ ތަމްރީނާއި ކުރިއެރުން ހޯދާދިނުމަށް ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!