ދިހަ އަހަރަށް ފަހު، ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫން ބަންޑާރަ ގޯތި ދޫކުރަން ނިންމައިފި އެވެ.
ފޯކައިދޫ ކައުންސިލުން އިއްޔެ ވަނީ އިއުލާނެއްކޮށް އެކަން އާންމުކޮށް ހުޅުވާލާފަ އެވެ. ޖުމްލަ 69 ހެކްޓަރުގެ ބޮޑުމިން ހުންނަ ފޯކައިދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓޫގެ 120 ގޯއްޗެވެ.
އެރަށުން ގޯތި ދިނުމަށް ހުޅުވާލާފައިވާއިރު ގޯތި ބޭނުންވާ ގިނަ ބަޔަކު އެރަށުގައި އެބަތިއްބެވެ. ފޯމު ދޫކުރުމާއި ބަލައިގަރުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެދުވަހެއްގެ ހެނދުނު 09:00 އިން 13:30 ގެ ނިޔަލަށް އެ ކައުންސިލްގެ އިދާރާގަ އެވެ.
އެކައުންސިލުން ބުނެފައިވަނީ ސަރުތު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދޭ ފޯމް ނަންގަވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއި އެކު ހުށައަޅަން ޖެހޭ އެންމެ ހާ ލިޔެކިއުންތައް އެ އިދާރާއަށް ހުށައެޅުން އެދޭކަމަށެވެ. ފުރިހަމަ ނުވާ ފޯމްތައް ބާތިލް ކުރެވޭނެކަމަށް ބުނެފައިވެއެވެ.
ފޯކައިދޫން ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުޠުތައް:
1. ދިވެހި ރައްޔިތެއް ކަމުގައި ވުން.
2. މީލާދީގޮތުން 18 އަހަރު ވެފައިވާ މީހެއްކަމުގައި ވުން. ( އުމު ރުބަލާނީ ގޯއްޗަށް އެދި އިޢުލާނުކުރާ ތާރީޚާއި ހަމަ އަށެވެ. )
3. ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން.
4. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނު އުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުން،
5. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮލެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހައްވުރެ ގިނަ ދުވަސް ވެފާވުން،
6. ފާއިތުވި 2 އަހަރުދުވަހުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށް ވުރެ ބޮޑުބިމެއް ޝަރުޢީ މަރުހަ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ވުން،
7. ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓައްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރު ތެރޭގައި މީހަކަށް ދީފައި ނުވަތަ ވިއްކާފައި ވުން.
އެރަށުގައި 1800އަށް ވުރެ، ގިނަ މީހުން ރަޖިސްޓްރީވެފައި އެބަ ތިއްބެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ބިމާ އުޑާ ދޭތެރެ އިން އިގިލިން ކުރަހާލާފަ
ތިޔަ ދާއިރާއިން މިދުވަސްކޮޅު އުޅެނީ ތެޔޮ ފެނިގެނއތޯ